ޗިލީ ޗީޒް ޓޯސްޓް އަކީ ބުރަކޮށް އުޅޭ ދުވަހެއްގައި ތައްޔާރުކޮށްލަން ފަސޭހަ، އެހާމެ މީރު އެއްޗެކެވެ. ކުޑަކުދިންނާ ޒުވާނުންގެ މެދުގައި ވެސް މަގުބޫލު ލުއި ކާ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
3 ފޮތި ޕާން
ޗިލީ ސޯސް
1 ތޮޅި މިރުސް
ހިމުން ކުރި ހިކިމިރުސް
ބަޓަރު
ތައްޔާރުކުރާނެ ގޮތް:
1. 1 ޕާން ފޮތީގެ އެއްފަރާތުގައި ޗިލީ ސޯސް ހާކާށެވެ.
2. އޭގެ މައްޗަށް މޮޒެރެއްލާ ޗީޒް ފޮއްޗަކާއި ޗެޑާ ޗީޒް ފޮއްޗެއް ލާށެވެ.
3. އަދި އޭގެ މައްޗަށް ތޮޅި މިރުހާއި، ހިމުން ކުރި ހިކިމިރުސް އަޅާށެވެ.
4. ދެން އޭގެ މައްޗަށް ޕާން ފޮއްޗެއް ލައި އަނެއްކާވެސް 1،2،3 ގައި ކުރި ހުރިހާ ކަމެއް ތަކުރާރު ކޮށްލާށެވެ.
5. އެގޮތަށް ކަންތައްކޮށް ނިމުމުން ޓޯސްޓުގެ ދެފަރާތުގައި ކުޑަ ބަޓަރުކޮޅެއް ހާކާލުމަށްފަހު ތަވަޔަށް ލައި މުށި ރަންކުލަ އަރަންދެން ފިހެލާށެވެ.