ރަހަފަތް: ޓްރެސްލެޗެސް ކޭކް

ޓްރެސްލެޗެސް ކޭކަކީ ރަހަ މީރު، ތައްޔާރުކޮށްލުމަށް ފަސޭހަ ހުރިހާ ޢުމުރުގެ މީހުންނަށްވެސް ކަމުދާނެ އެއްޗެކެވެ.

ބޭނުންވާނެ ތަކެތި ( ފުށްގަނޑު ގިރުމަށް)

1 ½ ޖޯޑު ފުށް

1 ޖޯޑު ހަކުރު

½ ޖޯޑު ބަޓަރ

5 ބިސް

½ ސައި ސަމުސާ ވެނީލާ އެސެންސް

1 ސައި ސަމުސާ ބޭކިންގ ޕައުޑަރ

ބޭނުންވާނެ ތަކެތި ( ފްލޭވަރ އެންޑް ޓޮޕިންގްސް )

2 ޖޯޑު ފުލްކްރީމް ކިރު

1 ދަޅު ގެރި ކިރު

1 ½ ޖޯޑު ވިޕިންގް ކްރީމް

1 ފެޝަންފުރުޓު

ތައްޔާރު ކުރާނެ ގޮތް

  1. ފުރަތަމަ ކަމަކަށް، ބޯތައްޓަކަށް ހަކުރާއި ރޫމް ޓެމްޕަރޭޗަރގައި ހުރި ބަޓަރ އަޅާ، އެކުގައި ރަނގަޅަށް ގިރާށެވެ. ހަކުރު ވިރި ބަޓަރާއި އެއްވުމުން، ބިހާއި އެސެންސް އަޅައި އަނެއްކާވެސް ގިރާށެވެ.
  2. ދެން، ފުށް އަޅަން ފަށާށެވެ. ފުށް އަޅާނީ ކުރިން އެއްކުރި ހަކުރު މިކްސްޗަރާއެކު، ފަހަރަކު ކުޑަ ބައެއް އަޅަމުން، މަޑުމަޑުންނެވެ. މިގޮތަށް އަޅަމުން ގޮސް ފުށްގަނޑު ރަނގަޅަށް ގިރާށެވެ.
  3. ފުށްގަނޑު ރަނގަޅަށް ގިރުމަށްފަހު، އާދައިގެ ކޭކް ފިހާ ސައިޒަށްވުރެ ތަންކޮޅެއް އުސް ޓްރޭއަކަށް ފުށްގަނޑު އަޅާށެވެ. އަވަން 180-190 ޑިގްރީއަށް ހޫނުކޮށް، ކޭކް ފިހާށެވެ.
  4. ކޭކް ފިހެވެމުންދާ ވަގުތު، ވިޕިންގ ކްރީމް ތައްޔާރުކުރާށެވެ. ވިޕިންގ ކްރީމް ރަނގަޅަށް ގިރުމަށް ހޭންޑް މިކްސަރެއް ނުވަތަ ސްޓޭންޑް މިކްސަރެއް ބޭނުންކުރުމުން ފަސޭހަވާނެއެވެ.
  5. ވިޕިންގ ކްރީމް ތައްޔާރުވުމުން، ކޭކް ފޯކުރުމަށް ބޭނުންވާ ކިރު ތައްޔާރުކުރާށެވެ. ބޯތައްޓަކަށް ކިރާއި ގެރިކިރު އަޅައި އެއްކޮށްލާށެވެ.
  6. ކޭކް ފިހި ނިމުމުން، އަވަނުން ނަގައި، އުލުން މަޑުމަޑުން ޗިސްކުރާށެވެ. ކޭކް އަދިވެސް ހޫނުކޮށް ހުއްޓައި، ތައްޔާރުކުރި ކިރު އަޅައި ފޯކުރާށެވެ. އޭގެފަހުން ކޭކް ފުރިޖަށްލައި ފިނިކޮށްލާށެވެ.
  7. ކޭކްގެ ހޫނުކަން ފިލުމުން، މަތީގައި ވިޕިންގ ކްރީމް އަޅައި ރީތިކޮށް ފަތުރާށެވެ. އެންމެ ފަހު ފިނިޝިންގ ޓަޗްގެ ގޮތުގައި ފެޝަންފުރުޓު ނުވަތަ އެހެން ގަޔާވާ މޭވާއެއް ކޭކްގެ މަތީގައި އަތުރާލާށެވެ.
  8. ފަހު ފިނިޝިންގ ދިނުމަށްފަހު، ކޭކް އަނެއްކާވެސް 10 މިނެޓު ވަންދެން ފުރިޖުގައި ބަހައްޓާށެވެ. މިހާރު ތިޔަ ޓްރެސްލެޗެސް ކޭކް ވާނީ ކެއުމަށް ތައްޔާރުވެފައެވެ.