ބަނާނާ ބްރެޑަކީ ވަރަށް މީރު އަދި ހަމަ އެހާމެ ފަސޭހައިން އާއިލާ އަދި ރައްޓެހިންނާއެކު ތައްޔާރު ކޮށްލެވޭ ފޮނި ކާއެއްޗެކެވެ. މި ބްރެޑަކީ ރޯދަ ވީއްލުމަށާއި ތަރާވީހު ވަގުތުގެ އިތުރުން ހާރަށްވެސް ވަރަށް ރަނގަޅު އާއިލާގެ އެންމެނަށް ވެސް ކަމުދާނެ ބްރެޑެކެވެ.
ބޭނުންވާ ތަކެތި:
4 ވައް ފާ ދޮންކެޔޮ
⅓ ޖޯޑު ބަޓަރު
2 ބިސް
¾ ސައި ސަމުސާ ލޮނު
½ ޖޯޑު އާދައިގެ ހަކުރު
½ ޖޯޑު ބްރައުން ޝުގާ
½ ސައި ސަމުސާ ފުންޑި ފޮނިތޮށި
1 ސައި ސަމުސާ ބޭކިންގް ސޮޑާ
1 ½ ޖޯޑު ފުށް
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
½ ޖޯޑު ޗޮކްލެޓް ޗިޕްސް (ޗޮކްލެޓް ޗިޕްސްގެ ބަދަލުގައި ހިކި މޭބިސްކަދުރު، ކެޝު ނަޓްސް ނުވަތަ ކަނަމަދު
ވެސް ބޭނުން ކުރެވިދާނެއެވެ.)
ޕާން ފިހާ ޓްރޭ (ޕާން ފިހާ ވައްތަރުގެ ޓްރޭއެއް ނެތް ނަމަ ކޭކު ފިހާ ވައްތަރުގެ 7 އިންޗީގެ ވަށް ތަބަކެއްގައިވެސް
މި ރެސިޕީ ތައްޔާރު ކުރެވިދާނެއެވެ.)
ތައްޔާރުކުރާނެ ގޮތް:
- ފުއްގަނޑު ތައްޔާރުކުރުމުގެ ކުރިން އެންމެ ފުރަތަމަ ކަމަކަށް، އަވަން 175 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އަދި ބަނާނާ ބްރެޑް ފިހުމަށް ބޭނުން ކުރާނެ ޕާން ޓްރޭގައި ބަޓަރު ކޮޅެއް ފުލާއި އަރިމަތި ތަކުގައި ހާކާލާށެވެ.
- އެއަށްފަހު ބޯތަށްޓެއްގައި ދޮންކެޔޮ ރަނގަޅަށް އުލަކުން ޗަސްކޮށްލުމަށް ފަހު ބޭކިންގް ސޯޑާއާ އެއްކޮށް އެއް ފަރާތް ކޮށްލާށެވެ.
- ދެން އެހެން ބޯތަށްޓަކަށް ބަޓަރު ވިރުވާލާފައި ހިހޫ ވުމުން އަޅާށެވެ. ބްރައުން ޝުގާ، އާދައިގެ ހަކުރު، ވެނިލާ އެސެންސް، ލޮނު އަދި ބިސް އެޅުމަށް ފަހު ގިރާށެވެ. ހަކުރު ވިރުމުން ގިރުން ހުއްޓާށެވެ.
- ބަޓަރު މިކްސްގެ ތެރެއަށް ދޮންކެޔޮ މިކްސް އަޅާ އެއްކުރާށެވެ. އަދި އެޔަށްފަހު ފުށާއި ފޮނިތޮށި ކޮޅު ފުރާނާފައި އަޅާ މަޑުމަޑުން ސަމުސަލެއް ބޭނުން ކޮށްގެން އެއްކުރާށެވެ. އެއްވާ އިރަށް ގިރުން ހުއްޓާލާށެވެ.
- މި މިކްސްގެ ތެރެއަށް ޗޮކްލެޓް ޗިޕްސް އަޅާ މަޑުމަޑުން އެއް ކުރާށެވެ.
- ކުރިން ތައްޔާރުކުރި ޕާން ޓްރޭތެރެއަށް މި ފުއްގަނޑު އޮއްސާލުމަށްފަހު، ހޫނުކުރަން ޖެއްސި އަވަނުގައި 45 މިނެޓުވަންދެން ފިހެލާށެވެ. (ފިހުނުކަން ޔަގީންވާނީ ދަތްކޮށްޓިއެއް ނުވަތަ އުލެއް ހަރާފައި ނަގާއިރު އެ ސާފުކޮށް އޮތުމުންނެވެ.)
- ބަނާނާ ބްރެޑް ފިހެވުނީމައި ހިހޫ ވަންދެން އަވަނުން ބޭރުގައި 15 މިނެޓު ވަންދެން ބަހައްޓާށެވެ. ހިހޫވުމުން ބަނާނާ ބްރެޑް ވާނީ ކެއުމަށް ތައްޔާރުވެފައެވެ.