ބްރައުނީސް އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާ، ރޯދަ ވީއްލާ ގަޑިއަށް ވެސް ތައްޔާރު ކޮށްލެވިދާނެ އަނގައަށް މީރު ހަދާލަން ފަސޭހަ ފޮނި އެއްޗެކެވެ.
ބޭނުންވާ ތަކެތި:
200 ގުރާމް ޗޮކްލެޓް
115 ގުރާމް ބަޓަރު
3 ބިސް
1/2 ޖޯޑު އާދައިގެ ހަކުރު
1/2 ޖޯޑު ބްރައުން ޝުގަރ
ވެނީލާ އެސެންސް
1/2 ޖޯޑު ފުށް
1/2 ޖޯޑު ކޮކޯ ޕައުޑަރ
ކުޑަ ލޮނުކޮޅެއް (ދެ އިނގިލި ކުރިން ހިފާފައި)
ކޮށާފައި ހުރި ޗޮކްލެޓް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
1. ޗޮކްލެޓާއި ބަޓަރާއި އެއްކޮށް މެލްޓުކޮށްލުމަށްފަހު ރަނގަޅަށް އެއްވަންދެން ގިރަާ އެއްފަރާތެއްގައި ބަހައްޓާށެވެ.
2. އެހެން ތައްޓަކަށް ބިހާއި ދެ ވައްތަރު ހަކުރާއި އަދި ވެނީލާ އެސެންސް އަޅަާށެވެ. އަދި ހަކުރުތައް ވިރެންދެން އެއްކުރަމުންގެންދާށެވެ.
3. ހަކުރުތައް ވިރުމުން އޭގެ ތެރެއަށް މެލްޓުކުރި ޗޮކްލެޓާއި ބަޓަރ މިކްސްޗަރ އަޅައި ގިރާލާށެވެ.
4. އެއަށްފަހު ފުށާއި ކޮކޯޕައުޑަރ އަދި ލޮނުކޮޅު އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. މާގިނައިރު އެއްނުކުރާށެވެ.
5. ދެން އޭގެތެރެއަށް ކޮށާފައިވާ ޗޮކްލެޓްކޮޅު އަޅައި އެއްކޮށްލުމަށްފަހު 25-30 މިނެޓް ވަންދެން 175 ޑިގްރީގައި އަވަނުން ފިހެލާށެވެ.