ތެޔޮ މިރުސް ބަތަކީ މުޅި ދުވަހު ބުރަކޮށް ވަޒީފާގައި އުޅެފައި އައިސް، އަވަސް ގޮތެއްގައި ތައްޔާރުކޮށްލަން ފަސޭހަ ރަހަމީރު ކެއުމެކެވެ.
ބޭނުންވާ ތަކެތި :
4 ލާހި ހަނޑޫ
1 ސަމްސާ ސޯޔާ ސޯސް
4/1 ތަށި ހިކި މިރުސް
3/2 ތަށި ހިކި މަސް (ކޮށާފަ)
2 ބޮޑު ފިޔާ
2 ހިކަނދިފަތް ކޯޅި
ތައްޔާރު ކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަނޑޫ ދޮވެފަ ބަތް ކައްކަން އުދާށެވެ.
ދެން ތެޔޮކޮޅަށް ފިޔާ، ލޮނުމެދު އަދި ހިކިމިރުސް އެޅުމަށްފަހު ރީތިކޮށް ރަތް ކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން ހިކަނދިފަތާއި ހިކިމަސްކޮޅު އެއްކޮށްލާށެވެ.
އެއަށްފަހު ލޮނު، އަސޭމިރުސް އަދި ރަހަލެއްވުމަށް ބޭނުންވާ އެހެނިހެން ހަވާދު އެޅުމަށްފަހު މަޑު ގިނީގައި ހަނާކޮށްލާށެވެ.
ހަނާކޮށް ނިމުމުން ބަތާއި، ސޯޔާ ސޯސް ފިޔާކޮޅާއި އެއްކޮށްލާށެވެ.