ބޭނުންވާ ތަކެތި:
ޓާޓްގެ ބޭސް ހެދުމަށް:
2 ޕެކެޓް ހަޕް ސެންގް ބަޓަރ ފްލޭވާރޑް ކުކީސް (85ގްރާމް ކޮންމެ ޕެކެޓެއްގަ)
ޗޮކްލެޓުގަނޑަށް
2 ސައި ސަމުސާ ބަޓަރު
200 ގްރާމް ކުކިންގް ޗޮކުލެޓް
1 ޖޯޑު ވިޕިންގް ކްރީމް
ޓާޓް މައްޗަށް އެޅުމަށް:
1/3 ޖޯޑު ކެޝޫނަޓްސް
3 ސްޓޯބެރީ
ހަދާނެ ގޮތް:
- ހަޕް ސެންގް ބަޓަރ ފްލޭވާރޑް ކުކީސް މިކްސަރަށް އަޅާ ފުނޑާލާށެވެ. ދެޕެކެޓް ވަކިން ފުޑީމަ އިތުރަށް ކުދިކޮށް ފުޑޭނެއެވެ. ފުޑާ ނިމޭއިރު އެ ހުންނާނީ ޕޭސްޓަކަށް ވެފައެވެ.
- 8 އިންޗީގެ ޓާޓް ޓްރޭ އެއްގައި އެއްކޮށް ވަށާ ބަޓަރު ހާކާލާށެވެ.
- ކުރިން ހެދި ބިސްކޯދު ޕޭސްޓް ޓްރޭގައި ވަށާ އަޅާފަ، މަޑުމަޑުން ޓްރޭގަ ހަރުވާވަރަށް ފިއްތާށެވެ. ބިސްކޯދު ބޭސް ހުންނަން ޖެހޭނީ އެއްވަރުކޮށް ޓްރޭގައި އެތުރިފައެވެ. އޭތި އޮމާން ކުރުމަށް ފަހު 30 މިނެޓް ވަންދެން އައިސް އަލަމާރިއަށް ލާފައި ބަހައްޓާލާށެވެ.
- ދެން، 200 ގްރާމް ކުކިންގް ޗޮކުލެޓް ގާތްގަޑަކަށް 1 ސެންޓް މީޓަރަށް ކުދިކޮށް ކޮށާލާފަ ބޮޑު ބޯތަށްޓަކަށް އަޅާލާށެވެ.
- ތަވަ އެއްގައި، 2 ސައިސަމުސާ ބަޓަރާއި 1 ޖޯޑު ވިޕިންގް ކްރީމް މެދު ގިނީގައި ހޫނު ކުރާށެވެ. ހޫނު ކުރާނީ ބަޓަރު އެއްކޮށް ގިރި ކްރީމް އިން އާވި އަރާ ވަރަށެވެ. ބޮކި އަރާ ވަރަށް މާ ބޮޑަށް ނުކައްކާށެވެ.
- އުދުނުން ކްރީމްގަނޑު ނެގުމަށްފަހު، ޗޮކްލެޓު ހުރި ބޯތަށްޓަށް އޮއްސާލާށެވެ.
- ޗޮކުލެޓް ގިރެންދެން މެދުމިނެއްގައި މިކްސް ކުރާށެވެ.
- ޗޮކްލެޓް އެއްކޮށް އެއްވުމުން ކުރިން ހެދި ބިސްކޯދު ބޭސްއަށް އޭތި އަޅާލާށެވެ. 10 މިނިޓް ވަންދެން ހިހޫ ކުރުމަށްފަހު އައިސްއަލަމާރިއަށްލާ ފިނިކުރަން 2 ގަޑިއިރު ބަހައްޓާށެވެ. ފިނިވުމުން ޗޮކްލެޓް ހަރުވާނެއެވެ. ދެން ޓްރޭއިން އޭތިނަގާށެވެ.
- ދެން 1/3 ޖޯޑު ކެޝޫނަޓްސް ކުދިކޮށް ކޮށާފައި ޓާޓްގެ މައްޗަށް އަޅާށެވެ.
- އެންމެ ފަހުން ސްޓޯބެރީ ފޮތިކޮށް ކޮށާފައި ޓާޓްގެ މަތީގައި އަތުރާށެވެ.