މިއީ ވަރަށް ފަސޭހައިން ހެދޭނެ، ރަހަ މީރު ޕުޑިންއެއްގެ ރެސިޕީއެކެވެ. މިއީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާނެ ޕުޑިންއެކެވެ.
ބޭނުންވާ ތަކެތި:
- 2 ޕެކެޓް ޗިޕްސްމޯ
- 2 ދަޅު ނެސްލޭ ކްރީމް
- 1 ދަޅު ގެރިކިރު
- 1 ޖޯޑު ވިޕިންގް ކްރީމް
- 1 ޖޯޑު ރޯކިރު
ހަދާނެ ގޮތް:
- އެންމެ ފުރަތަމަ ބޮޑު ތަށްޓެއްގައި ނެސްލޭ ކްރީމާއި ގެރިކިރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
- ދެން ވިޕިންގ ކްރީމްވެސް މި ބަޔާއި އެއްކޮށްލައި ކްރީމްގަނޑެއް ތައްޔާރު ކުރާށެވެ.
- ދެން ޓްރޭއެއްގައި ނުވަތަ ތަށްޓަކަށް ކްރީމް ލޭޔަރ އެއް އަޅާށެވެ. އަދި އޭގެ މަތީގައި ފޯކޮށްފައި ބިސްކޯދު އަތުރާށެވެ.
- މިގޮތަށް ތަކުރާރުކޮށް ތިން ލޭޔަރ މަތިމައްޗަށް އަޅާށެވެ.
- ލޭޔަރތައް ތައްޔާރުކޮށް ނިމުމުން ޕުޑިންގ ތަށި ފްރިޖަށް ލާށެވެ.
- 10 މިނެޓް ފަހުން ފްރިޖުން ނަގާއިރު ޕުޑިންގް ރަނގަޅަށް ފިނިވެ ހުންނާނީ ކެއުމަށް ތައްޔަރުވެފައެވެ.
މިހާރު ތިޔަ ބޭފުޅުންގެ ރަހަ މީރު އަދި ހަދާލަން ފަސޭހަ ޕުޑިންގް ތައްޔާރުވީއެވެ. މިއީ ހޫނު މޫސުމުގައި ފިނިފިނިކޮށް ކެއުމަށް ވަރަށް ރަނގަޅު ޑިޒަޓެކެވެ. ދަޢުވަތެއްގައި ވެސް މިފަދަ ޕުޑިންގެއް ބެހެއްޓުމުން ވަރަށް ބޮޑަށް ކަމުދާނެއެވެ. ޝުކުރިއްޔާ!