ރަހަފަތް: ޗީޒީ އެގް ޓޯސްޓް

އެގް ޓޯސްޓަކީ އަކީ ވަރަށް މީރު އަދި އެހާމެ ހަދާލަން ފަސޭހަ އެއްޗެކެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ވެސް ހަދާލެވިދާނެ ބާވަތެކެވެ.

ބޭނުންވާ ތަކެތި:

5 ބިސް
3 ސަމްސާ މަޔޮނެއިޒް
ކުޑަ ފިޔައެއް (ކުދިކޮށް ކޮށާފައި)
ކުޑަ ލޮނުކޮޅެއް
ކުޑަ އަސޭމިރުސްކޮޅެއް
ޕާން ބޮނޑިއެއް
ސްލައިސް ޗީޒް ބޮނޑިއެެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބިސްތައް ރަނގަޅަށް ފެނުކައްކާށެވެ. އެއަށްފަހު ބިހުގެ ހުދު ބަޔާއި ޔޯކް ވަކިކޮށްލާށެވެ. ދެން ތައްޓަކަށް ޔޯކްތައް އަޅައި ރަނގަޅަށް ޗިސް ކޮށްލާށެވެ. އޭގެ ތެރެއަށް ކޮށާފައި ހުރި ފިޔާ ކޮޅާއި ލޮނު ކޮޅާއި އަސޭމިރުސް އަދި މަޔޮނެއިޒް އެޅުމަށްފަހު އެއްކޮށްލާށެވެ. ބިހުގެ ބާކީ ހުރި ހުދުބައި ކުދިކޮށް ކޮށާލުމަށް ފަހު ޔޯކް މިކްޗަރ ތެރެއަށް އަޅާލާށެވެ. ދެން ޕާން ފޮތިތައް ޓްރޭއެއްގައި އަތުރާލުމަށްފަހު ބިހުގެ މިކްސްޗަރ އަޅާށެވެ. އޭގެ މަތީގައި ޗީސް ފޮތިތައް އަތުރާލައި މަތިން ވެސް ޕާން ފޮށްޗެއް ޖަހާށެވެ. ޗީޒްތައް މެލްޓް ވަންދެން އަވަނުން ފިހެލާށެވެ.