ޗިޕްސްމޯ ޕުޑިން އަކީ ފަހަކަށް އައިސް އަހަރުމެން ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލް ފޮނި އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 ދަޅު ނެސްލޭ ކްރީމް
1/3ޖޯޑު ކޮކޯ ޕައުޑަރ
1/3ޖޯޑު ގެރިކިރު
1 ސައިސަމުސާ ވެނީލާ އެސެންސް
20 ޗިޕްސްމޯ ބިސްކޯދު (ލޭޔަރ ކުރުމަށް)
3 ޗިޕްސްމޯ ބިސްކޯދު ފުނޑުކޮށްފައި (މައްޗަށް އަޅާލުމަށް)
ހަދާނެ ގޮތް:
- ބޯތަށްޓަކަށް، ނެސްލޭ ކްރީމް އަދި ކޮކޯ ޕައުޑަރ އަޅާފައި، ވިސްކެއް ބޭނުން ކޮށްގެން އޮމާން ވާވަރަށް އެއްވަންދެން ގިރާލާށެވެ.
- ދެން ހަމަ އެ ތަށްޓަށް، ގެރިކިރު، އަދި 1 ސައިސަމުސާ ވެނީލާ އެސެންސް އަޅާފައި އެއްކޮށް އޮމާންވަންދެން ގިރާލާށެވެ.
- އެއްކުރި ތަކެތީގެ 1/3 ކުޑަ ޓްރޭއަކަށް އޮށްސާލުމަށްފަހު ޓްރޭގެ ތިރީބައި އެއްކޮށް ފޮރުވާލާ އޮމާން ކޮށްލާށެވެ.
- ދެން އޭގެ މަތީގައި ޗިޕްސްމޯ ބިސްކޯދު އަތުރާލާފައި އަނެއްކާވެސް އެއްކުރި ތަކެތީގެ 1/3 ޖޯޑު ބިސްކޯދުގެ މައްޗަށް އަޅާލައި އޮމާން ކޮށްލާށެވެ. މިގޮތަށް 3 ލޭޔަރ ހަމަވަންދެން ރިޕީޓްކޮށްލާށެވެ. އަދި އެއަށްފަހު ފުންޑު ކުރި ބިސްކޯދު ކޮޅު މައްޗަށް އަޅާލައި ގާނިޝް ކޮށްލާށެވެ.