ރަހަފަތް: ބަޓަރސްކޮޗް ޕުޑިން

ޕުޑިންނަކީ ދިވެހިންގެ ތެރޭގައި މަގުބޫލުކަން  ހޯދައިފައިވާ ފަސޭހައިން ތައްޔާރުކޮށްލެވޭ މީރު ފޮނިކާ އެއްޗެކެވެ. މިއަދު މި ހިއްސާކޮށްލަނީ ބަޓަރސްކޮޗް ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ފެން

⅔ ޖޯޑު ހަކުރު

¼ ޖޯޑުު ބަޓަރ

⅔ ޖޯޑު ރޯ ކިރު

½  ސައިސަމުސާ މުގުރި ފޮނިތޮށި

4 ބިސް

⅛ ސައިސަމުސާ ލޮނު

½ ސައިސަމުސާ ބަޓަރސްކޮޗް  އެސެންސް

ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ހަކުރާ ފެން އެޅުމަށް ފަހު ހަކުރު ވިރި މަޑު އޮރެންޖުކުލަ އަރަންދެން މަޑުގިނީގައި ކައްކާށެވެ.

އެއަށްފަހު އޭގެ ތެރެއަށް ބަޓަރ އަދި ރޯކިރު އަޅާ 5 މިނެޓު ވންދެން މަޑު ގިނީގައި ކައްކާށެވެ. ކެކެމުންދާއިރު ތެލީގެ ފުލުގައި ހިފިޔަ ނުދިނުމުގެ ގޮތުން ހަލަމުން ގެންދާށެވެ.

5 މިނެޓް ހަމަވުމުން މުގުރި ފޮނިތޮށިކޮޅު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުން ނިއްވާލާށެވެ. އަދި ދެންމެ ކެއްކި މިކްސްޓަރ ހިހޫވަންދެން ބަހައްޓާށެވެ.

ބޯތަށްޓެއްގައި  ބިސް ލޮނު އަދި ބަޓަރސްކޮޗް އެސެންސް ރަނގަޅަށް އެއްކޮށްލާށެވެ. ކުރިން ކެއްކި މިކްސްޓަރ ހިހޫވުމުން އެ މިކްސްޓރަ އަޅާ  ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު ކޭކްފިހާ ޓްރޭ އަކަށް މި މިކްސްޓަރ ފުރާނަލާށެވެ.

އެއަށްފަހު 30 މިނެޓު ވަންދެން އާވިން ކައްކާލާށެވެ.

އެހިސާބުން ޕުޑިން ތައްޔާރު ކޮށް ނިމިމުނީ އެވެ. ބޭނުންފުޅު ވެލައްވާނަމަ ޕުޑިންގެ މައްޗަށް އެބޭފުޅަކަށް ކަމުދާ ޓޮޕިން އެއް އެޅިދާނެއެވެ. އަދި ފުޑިން ދެގަޑިއިރެއްހާއިރު ފްރިޖުގައި ބަހަށްޓާށެވެ.