ޗިކަން ބުރީޓޯއަކީ އަނގައަށް މީރު އަދި ތަފާތު ކެއުމެކެވެ. މިއީ ކޮންމެހެންވެސް މި ރޯދަ މަހު ރަހަ ބަލާލަން މުހިންމު ކެއުމެކެވެ.
ބޭނުންވާ ތަކެތި:
ކުކުޅު
ޗީޒް މުގުރާފައި
ހަނޑޫ
ރިފްރައިޑް ބީންސް
ބެލް ޕެޕާ
ފިޔާ
ކޯން
ދިރި
ލޮނު
އަސޭ މިރުސް
ސްމޯކްޑް ޕެޕްރިކާ
ޗިލީ ޕައުޑަރ
ލޮނު މެދު
ތެޔޮ
ޓޯޓިލާސް
ތައްޔާރު ކުރާނެ ގޮތް:
ބޮޑު ތަވައެއްގަގި ތެޔޮ ލައި ހޫނުކޮށްލާށެވެ. ކުކުޅު މައްޗަށް ލޮނު، މިރުސް، ޗިލީ ޕައުޑަރ، ދިރި، ސްމޯކްޑް ޕެޕްރިކާ އަދި ހިކި އޮރެގަނޯ އެއްކޮށްލާށެވެ. ކުކުޅު ތަވައަށް ލުމަށްފަހު މެދު ހޫނުމިނެއްގައި 2 އާއި 3 މިނެޓަށް ކައްކާލާށެވެ.
ފިޔާ، އަލުވި، އަދި ރަތް ބެލް ޕެޕަރ ތަވާއަށް އަޅާފައި ހޫނުކޮށްލާށެވެ. ފިޔާ ރަތް ކޮށްލާށެވެ. ރީފްރައިޑް ބީންސް ފެނަށް އަޅާފައި ހޫނުކޮށްލާށެވެ. ހުރިހާ އެއްޗޭއް އެއްކުރުމަށް ފަހު ރަނގަޅަށް ހަލާލާށެވެ (2 މިނެޓަށް).
މައިކްރޯވޭވްގައި ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ޓޯޓިލާސް ހޫނުކޮށްލާށެވެ.
ޓޯޓިލާސް ތައްޔާރު ކުރުމަށްޓަކައި ކެއްކި ހަނޑޫ. ޗިކަން ފިލިންގް، ކޯން، ޗީޒް މަތިމައްޗަށް އަޅައި ބުރީޓޯ ތައްޔާރު ކުރާށެވެ.
350 ޑިގްރީ ފެރެންހިޔާގައި 10 މިނެޓް ވަންދެން އަވަނުގައި ޓޯސްޓްކޮށް، ފޮއިލްގައި އޮޅާލާފައި، ނުވަތަ ޓޯޓިލާ ކްރިސްޕީވެ ޗީޒް ގިރާވާންދެން ކޮންމެ ފަރާތަކަށް 2 މިނެޓް ވަންދެން މެދު ހޫނުމިނެއްގައި ފިލެލާށެވ
ސަލްސާ އާއި ސޯރ ކްރީމް އާއި އެކު ޖަހައިން ކާލާށެވެ!!!