ރަހަފަތް: ޓިރަމިސޫ ބްރައުނީސް

ބޭނުންވާ ތަކެތި:

ބްރައުނީސް އަށް:
  • 100 ގްރާމް ޑާކް ނުވަތަ ސެމީ-ސްވީޓް ޗޮކުލެޓު
  • 50 ގްރާމް ނެޗުރަލް ކޮކޯ ޕައުޑާ
  • 23 ގްރާމް އަންސޯލްޓެޑް ބަޓަރު، ކުދި ކިއުބަށް ކޮށާފައި
  • 4 ބިސް، ކޮޓަރީގެ ފިނިހޫނުމިނުގަ (ރޫމް ޓެމްޕްރޭޗާ)
  • 150 ގްރާމް ގްރެނުލޭޓެޑް ޝުގާ
  • 100 ގްރާމް ބްރައުން ޝުގާ
  • 100 ގްރާމް އޯލް ޕާޕަސް ފުށް
މަސްކަޕޯން ކްރީމްގަނޑަށް:
  • 250 ގްރާމް މަސްކަޕޯން ޗީޒް، ފިނިކޮށް
  • 200 ގްރާމް ވިޕިން ކްރީމް، ފިނިކޮށް
  • 50 ގްރާމް ޕައުޑާޑް ޝުގާ
  • ½ ސަމުސާ ވެނީލާ އެކްސްޓްރެކްޓް
ލޭޑީފިންގާ ސޯކަށް:
  • 2 ސައިސަމުސާ އެސްޕްރެސޯ ޕައުޑާ
  • 150 ގްރާމް ހޫނު ފެން
  • 12 ލޭޑީފިންގާ ބިސްކޯދު

ޓޮޕިން އަށް 1 ސަމުސާ ކޮކޯ ޕައުޑާ

 

ހަދާނެ ގޮތް:

އެންމެ ފުރަތަމަ ހަދަން ފަށާނީ ބްރައުނީސް އެވެ.

  1. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް 177 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ.
  2. އަވަން ޖެއްސުމަށްފަހު ނުވަ އިންޗީ ގުނަ ނުވަ އިންޗީގެ ގޮޅި ބޭކިން ޓްރޭއެއްގައި ފުލުގައި ޕާޗްމެންޓް ޕޭޕަރު ހަރުކުރާށެވެ.
  3. އެއަށްފަހު ޗޮކުލެޓު މިކްސް ތައްޔާރުކުރަން ފަށާށެވެ. މި ތައްޔާރުކުރުމަށްޓާކައި އެންމެ ފުރަތަމަ ކަމަކަށް ކޮށާފަހުރި ޗޮކުލެޓާއި ކޮކޯ ޕައުޑަރު ތައްޓަކަށް އަޅާށެވެ.
  4. އެއަށް ފަހު ބަޓަރު "ބްރައުން" ކުރަން ފަށާށެވެ. ތެއްޔެއްގައިމެދުމިން ގިންޏެއްގައި ބަޓަރު ދިޔާވަންދެން ހޫނުކުރާށެވެ. ދެން ދިޔާވުމުން ކިރުގެ ހުދު ގަނޑުކޮޅުކޮޅު(ވައިޓް މިލްކް ސޮލިޑްސް) ވަކިވެ، މުޅި އެތިން "ބަބުލް" އަރާނެއެވެ. ބަޓަރު ކެކެމުންދާއިރު މިލްކް ސޮލިޑްތަށް ކެއްކުމަށްޓަކައި އޭތި ގިރަމުން ދާށެވެ. ބަޓަރުގަނޑުން ބަބުލްތަށް އަރައި ނިމުމުން އެއިން ފޮނަ އަރައި، މިލްކް ސޮލިޑްތައް މުށިކުލައަށް އަރާނެއެވެ. މިލްކް ސޮލިޑްތައް ރަން މުށި ކުލައަށް ބަދަލުވުމުން އުނދުން ނިވާލައިފައި ތެލި ނަގާށެވެ.
  5. ބަޓަރު ކައްކާ ނިމުމުން ޗޮކުލެޓާއި ކޮކޯ ޕައުޑަރު އަޅާފައި ހުރި ތައްޓަށް އޮއްސާލާށެވެ.
  6. އޮއްސާލުމަށްފަހު 3 މިނިޓު ވަންދެން ބަހައްޓާށެވެ.
  7. 3 މިނިޓު ވުމުން ޗޮކުލެޓު އެއްކޮށް ދިޔާ ވަންދެން ގިރުވާށެވެ. އޭރުން ބަޓާ-ޗޮކުލެޓް މިކްސްޗާ ހަދާ ނިމުނީއެވެ.
  8. ދެން ގިރުވާ ތެއްޔެއް (މިކްސިންގް ބައުލް) ގައި ބިހާއި، ގްރެނުލޭޓެޑް ޝުގާ އާއި ބްރައުން ޝުގާ އަޅާށެވެ. އެއަށްފަހު ހޭންޑެ މިކްސަރަކުން ނުވަތަ ވިސްކަކުން ގާތްގަނޑަކަށް 3 މިނިޓު ވަންދެން ރަނގަޅަށް ގިރުވާށެވެ. މިގޮތަށް ގިރުވަމުން ގެންދާއިރު މަޑުމަޑުން ކުރިންހެދި ބަޓާ- ޗޮކުލެޓު މިކްސްޗާ އަޅާމުން ގެންދާށެވެ.
  9. އެ މިކްސްޗަރު އެއްކޮށް މިހެން އަޅަމުން، މި ދެ މިކްސްޗަރު އެއްވަންދެން ގިރުވާށެވެ.
  10. އެއަށްފަހު މި މިކްސްޗަރަށް ފުށް އެޅުމަށްފަހު ދޭފަތަކުން މަޑުމަޑުން "ފޯލްޑްކުރަމުން" އެއްކޮށްލާށެވެ. ފުށް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ. އަދި މިގޮތަށް އެއްކުރާއިރު މާބޮޑަށް ފުށްގަނޑު ނުގިރުވާށެވެ.
  11. ބްރައުނީ ފުށްގަނޑު ތައްޔާރުކޮށްނިމުމުން ކުރިން ތައްޔާރުކުރި ބޭކިން ޓްރޭއަށް އަޅައި، 28-30 މިނިޓަށް ބްރައުނީ އަވަނުގައި ފިހާށެވެ. ބްރައުނީ ރަނގަޅަށް ފިހުމުން އޭގެ މެދަށް އިލޮއްޓެއް ނުވަތަ ދަތްކޮށްޓިއެއް ކޮށްޕާލުމަށްފަހު ނެގުމުން އޭތި ކުޑަކޮށް ތެތްވާނެއެވެ.
  12. ބްރައުނީ ފިހުމަށްފަހު އޭތި ހިހޫވަންދެން ބާއްވާށެވެ. ބްރައުނީގެ ޓިރަމިސޫ ލޭޔާ އޭގެ މައްޗަށް އަޅާނީ އެންމެ ކުޑަމިނުން ބްރައުނީ އެޅި ޓްރޭ ހިހޫވީމައެވެ.
  13. ދެން ބްރައުނީގެ ޓިރަމިސޫ ލޭޔަރު ހަދަން މަސްކަޕޯން ކްރީޟްގަނޑު ތައްޔާރުކުރަން ފަށާށެވެ. އެގޮތުން ބޮޑު މިކްސިން ތައްޓެއްގައި މަސްކަޕޯން ޗީޒް އެޅުމަށްފަހު އޭތި ކްރީމީވެ މަޑުވަންދެން ހޭންޑް މިކްސަރު ނުވަތަ ސްޓޭންޑެ މިކްސަރުން ގިރާށެވެ.
  14. ދެން ވިޕިން ކްރީމް، ވެނީލާ އެކްސްޓްރެކްޓް، ޕައުޑާޑް ޝުގާ އެޅުމަށްފަހު 5-10 މިނިޓާއި ދެމެދުގެ ވަގުތަކަށް ގިރުވާށެވެ. އޭރުން ކްރީމްގަނޑު "ތިކެން" ވާނެއެވެ. (އޮލަވުން؟)
  15. ދެން ލޭޑީފިންގާ ޑިޕް ހަދަން ފަށާށެވެ. އެގޮތުން އެސްޕްރެސޯ ޕައުޑާ އަދި ހޫނުފެން ކުޑަ ތައްޓެއް ނުވަތަ ދިގު ޖޯޑެއްގައި އެޅުމަށްފަހު ގިރާލާށެވެ.
  16. ދެން ކޮންމެ ލޭޑީފިންގާ ބިސްކޯދެއް ގާގްގަނޑަކަށް 1 ސުކުންތުވަންދެން އެއަށްލައި ފޯކުރާށެވެ. މާބޮޑަށް ބިސްކޯޑު ފޯވެއްޖެނަމަ ބިސްކޯދު ފުނޑުވެގެންދާނެއެވެ.
  17. ލޭޑީފިންގާ ބިސްކޯދު ފޯކުރުމަށްފަހު ބްރައުނީ މަތީގައި އަތުރާށެވެ. އެއަށްފަހު މަސްކަޕޯން ކްރީމްގަނޑު ރީރިކޮށް އޭގެ މަތީގައި ފަތުރާލާށެވެ
  18. ދެން މަދުވެގެން 1 ގަޑިރިރުވަންދެން ފިނިކުރަން ފުރިޖަށް ލާށެވެ.
  19. ފުރިޖުން ނެގުމަށްފަހު ކެފުމުގެ ކުރިން ފުރޭންޏެއްގެ ތެރެއަށް ކުޑަ ކޮކޯ ޕައުޑަރު ކޮޅެއް އެޅުމަށްފަހު ޓޮޕިންއަކަށް އެ ކޮކޯ ޕައުޑަރު އޭގެ މަތީ "ޑަސްޓް"ކޮށްލާށެވެ.